ދިވެހިރާއްޖޭގައި ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސްގެ އެއްވެސް ހަރަކާތެއް، މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ހިންގައިގެން ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މީހުން ދިރިއުޅޭ ރަށްރަށުގައި، ކްރިސްމަސް ފާހަގަ ކުރުމަށްޓަކައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށާއި، އެއީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކުގައި ވެސް މަނާ ކަމެއް ކަމަށެވެ.
އެހެންކަމުން ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި، އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާ ކަމަށެވެ.
މާދަމާ އަކީ ކްރިސްޓިއަނުން، ކްރިސްމަސް ފާހަގަކުރާ ދުވަހެވެ. މީގެ ކުރިން އާއްމުން ދިރިއުޅޭ ބައެއް ރަށްރަށުގައި ކްރިސްމަސް ފާހަގަކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.
