ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފައްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ކެބިނެޓް ނިންމުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު ނާޒިމް ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދުމަށް ކެބިނެޓުން ނިންމާފައިވަނީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކެބިނެޓަށް ހުށަހެޅި ކަރުދާހާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މި ބޯޑަކީ 15 މެމްބަރުންގެ ބޯޑެއްގެ މައްޗަށް ކަމަށާއި، ބޯޑުގައި ހިމެނޭނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ކަމަށާއި، މި ބޯޑުގައި ގައުމީ ޔުނިވަރސިޓީއާއި، ގައުމީ އެތްލީޑޓުންގެ ފަރާތުންނާއި، އެންޖީއޯ ތަކުންނާއި، ފައްނިއްޔާތާ ފަންނުވެރިކަމުގެ ދާއިރާއާއި، ސާނަވީ ސްކޫލުތްކުގެ ދަރިންވަރުންގެ ތެރެއިން ހޮވާލެބޭ ކުދިންވެސް މި ބޯޑުގައި ތަމްސީލު ކުރާނެކަމަށެވެ.
ނާޒިން ވިދާޅުވީ ކޮންމެ 3 މަހުން 1 މަހު ރައީސް މި ބޯޑޫ ޗެއަރ ކުރައްވާނެ ކަމަށެވެ. އަދި އެހެން ބައްދަލުވުންތައް ޗެއަރ ކުރައްވާނީ ރައީސް ކަނޑައަޅުއްވާ ފަރާތެއް ކަމަށް ވިދާޅުވިއެވެ.
