ސިނަމާލެ ބްރިޖުގެ އެއް ފަޅި ބަންދު ކުރުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް ބަންދުވާނެ ވާނެ ކަމަށެވެ.

އެ ވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް އަންނަ ފަޅި ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެ ވަގުތު ބްރިޖުން ދަތުރުކުރާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.