ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޔާސީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭގޮތުންނާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް މުޢިއްޒު މިއަދު ރައީސް ވަޙީދާއި ބައްދަލުކުރެއްވިއިރު، އިއްޔެ އެމަނިކުފާނު ވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ބައްދަލުކުރައްވައިފައެވެ. އަދި އޭގެ ކުރިން، ރާއްޖޭގެ ހަތަރު ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާއި އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައިވެއެވެ.