ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ހުޅުމާލެ ކޯޓުން  މުޙައްމަދު ޔުނާން ޝަރުތުތަކާއެކު ބަންދުުން ދޫކޮށްލިނަމަވެސް، އޭނާ ބޭރުގައި އުޅޭތީ ދައުލުން އޭނާ ބަންދު ކޮށްދޭން އެދިއްޖެއެވެ.

ޔުނާާން ބަންދު ކޮށްދިނުމަށް އެދިފައި ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ހުޅުމާލެ ކޯޓުގައެވެ.

މި މަހުގެ 14 ވަނަ ދުވަހު ޔުނާން ބަންދުން ދޫކޮށްލިއިރު، އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.

ޕީޖީ އޮފީހުގެ ވިދާޅުވީ، އޭނާ އަލުން ބަންދުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅީ، ޝަރުތުތަކާއި ހިލާފަށް ބޭރުގައި އުޅޭތީ ކަަމަށެވެ.

ޔުނާންއަށް ހުއްދަ އޮތީ، ޞިއްޙީ ކަންކަމުގައި އެކަނި ބޭރަށް ދިޔުމަށެވެ. އެހެންނަމަވެސް އެ ޝަރުޠާއި ޚިލާފުވެފައި ވާތީ، މައްސަަލަ އާދީއްތަ ދުވަހު ކޯޓަށް ހުށަހެޅީއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި، ފިލްމު ކުޅެން އުޅުނު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ. އަދި މާބަނޑުވުމުން،  މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.