އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލޭގެ ކޯޓު އޮފިސަރުގެ މަގާމުން ވަކިކުރި އަޙުމަދު އިބްރާހިމް (ޕޮކްމަން) އާބަންކޯގެ ސީއޯއޯގެ މަޤާމަށް އައްޔަނުކޮށްފިއެވެ.
އޭނާ އަކީ އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން ގެންދިޔަ، “ޕޮކްމަން”ގެ ނަމުން ގިނަ ބަޔަކު ދަންނަ މީހެކެވެ.
އޭނާ ވަނީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވައި، ފުރަތަމަ ޑިގްރީ ވެސް ފުރިހަމަކުރައްވައިފައެވެ.
މަޤާމު ލިބިވަޑައިގަތުމުން އަޙުމަފު ވިދާޅުވީ އޭނާ އެންމެ އިސްކަން ދޭނެ ކަންތަކުގެ ތެރޭގައި ފާއިތުވި ފަސް އަހަރު އާބަންކޯގެ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ ކަމަށާއި، ރައްޔިތުންނާއި ގުޅިފައިވާ ދިރިއުޅުމާއި ކުރިމަގާއި ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ ދަހިވެތިކަމުގައި ބިންތައް ބަހާލުމަކީ ހިންގި ޖަރީމާއެއް ކަމަށެވެ.
އަޙުމަދަކީ ”ދިޔަރެސް“ ނޫހުގެ އެއް ފައުންޑަރުވެސްމެއެވެ.
