ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ފާޠިމަތު މިޒްނާ ޢަލީ އައްޔަނުކުރައްވައިފިއެވެ.

މިޒްނާ އަކީ ”އެންޑޯމެޓްރިއޯސިިސް އެސޯސިއޭޝަޝް އޮފް މޯލްޑިވްސް“ ނުވަތަ އެންޑޯ މޯލްޑިވްސް ކިޔާ މަދަނީ ޖަމުޢިއްޔާއެއްގެ ފައުންޑަރު، އަދި ޗެއާޕާސްއެވެ.

އެ މަދަނީ ޖަމުޢިއްޔާގެ މަޤްޞަދަކީ ރާއްޖޭގައި ”އެންޑޯމެޓްރިއޯސިސް“ ނުވަތަ ރަހިމުން ބޭރުގައި ރަހިމުގެ ހަތާހުރުމުގެ ބަލި ތަޙައްމަލުކުރަމުންދާ އަންހެނުންނަށް އެހީތެރިވުމެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވައި ކުރެއްވުމަށް ފަހު 22 މިނިސްޓްރީއެއް އުފައްދަވައިފައިވާއިރު، އެ މިނިސްޓްރީތަކުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަނު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ރައީސް މުޢިއްޒުގެ ކެބިނެޓުގައި ޖުމްލަ 22 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެއީ:

1. މިނިސްޓްރީ އޮފް ޑިފެންސް – ދިފާއީ ވުޒާރާ

2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް – ހާރިޖީ ވުޒާރާ

3. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ – ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

4. މިނިސްޓްރީ އޮފް ފިނޭންސް – މާލީ ވުޒާރާ

5. މިނިސްޓްރީ އޮފް އެޑިޔުކޭޝަން – ތައުލީމީ ވުޒާރާ

6. މިނިސްޓްރީ އޮފް ހެލްތް – ސިއްހީ ވުޒާރާ

7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް – އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

8. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް – މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

9. އެޓާނީ ޖެނެރަލްގެ އޮފީސް – ބަންޑާރަ ނައިބުގެ އޮފީސް

10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް – އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

11. މިނިސްޓްރީ އޮފް ޓޫރިޒަމް – ފަތުރުވެރިކަމާ ބެހޭ ވުޒާރާ

12. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް – އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

13. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން – ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

14. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ – މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

15. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް- ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ

16. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން – ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

17. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް – ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

18. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

19. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

20. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ – ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

21. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް – ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

22. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް – ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ.