އައްޑޫސިޓީ ހިތަދޫ ގައި ހުންނަ ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން، އެމްއެންޑީއެފް އިން ބުނީ ހިތަދޫ ފެބްރުއަރީގެ ކައިރީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގައިގެން އުޅޭ ގުދަން ހުންނަ ސަރަހައްދުގެ ކަރަންޓް ހިދުމަތްވެސް ވަނީ ކެނޑިފައެވެ.