މޫސުން ގޯސްވެ މިއަދު ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ 51 ގެއަކަށް ފެން ވަދެފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފިއެވެ.

އެމްޑީއެމްއޭއިން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިހާރު ކުރަމުން އަންނަ ވިއްސާރައާއިއެކު އައްޑޫ އިން ފެން ވަދެފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފެން ވަދެގެން ރިޕޯޓުކޮށްފައިވަނީ އައްޑޫ ފޭދޫ އަދި ހުޅުމީދޫގެ ގެތަކަަށް ކަމަށެވެ.

އެގޮތުން ފޭދޫގެ 41 ގެއަކަށް ފެން ވަދެފައިވާއިރު، ހުޅުދޫގެ 10 ގެއަކަށް ވަނީ ފެންވަދެފައެވެ.

އސިފައިންގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު ހޯދަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

މިރޭ 19:00 އާއި ހަމައަށް ރާއްޖޭގެ ދެކުނަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓުން ވަނީ ލަފާކޮށްފައެވެ.

އެންޑީއެމްއޭ އިން ވަނީ، ކުރިއަށް އޮތް ތިން ދުވަހު ފެން ބޮޑުވާނެ ކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އިރުޝާދު ދީފައެވެ.

މިއަދު މެންދުރު މެޓުން ވަނީ އައްޑޫ ސިޓީ އަދި ފުވައްމުލަކަށް އޮރެންޖު އެލާޓު ވެސް ނެރެފައެވެ.