ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ”ރައްޔިތުންގެ ސައްލާ ފޯރަމް“ ގެ ނަމުގައި ސިލްސިލާ ބައްދަލުވުންތަކެއް ފެށުމަށް ނިންމައިފިއެވެ.
އެގޮތުން މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން މިރޭ 21:00 ގައި ޕީއެންސީ ހަރުގޭގައި ބާއްވާނެއެވެ.
މިރޭގެ ބައްދަލުވުމުގެ މައުޟޫއަކީ ”ގެދޮރުވެރިކަމުގެ ބަޖެޓް 2025″ އެވެ.
މި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި،ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުހައްމަދު ފިރުޒުލް އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުމުގައި ޕެނަލިސްޓުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމު ރައްޔިތުންނަށްވެސް ލިބިގެންދާނެއެވެ.

