ދައުލަތުގެ ވެރިންނަށް ވިސާއާ ނުލާ އަޒަރުބައިޖާނަށް ދަތުރުކުރެވޭ އެއްބަސްވުމެއް އެކުލަވައިލައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވައިފައި ވަނީ އަޒަރުބައިޖާނުގެ ވެރިރަށް ބަކޫގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔޫއެންއެފްސީސީސީގެ ހަވާސާގެ ތެރެއިންނެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ.ހަލީލްއެވެ.

ރާއްޖެ އާއި އަޒަރުބައިޖާނާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލާ 90 ދުވަހުގެ މުއްދަތަކަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ އެއްބަސްވުމެއް ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ ވިސާއާ ނުލާ ދިވެހިންނަށް އަޒަރުބައިޖާނަށް ދެވޭ ގޮތް ހެދުމަށް އެޅުނު މުހިއްމު ފިޔަވަޅު ކަމަށެވެ.

އަދި ޓޫރިޒަމް ދާއިރާގެ އެއްބަސްވުމެއްގައި ވެސް ރާއްޖެ އާއި އަޒަރުބައިޖާނުން ވަނީ ސޮއިކޮށްފައެވެ.