ފުރްޤާން މިސްކިތަށް ގެއްކުން ދިން މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.
ރޭ ފަތިސް ނަމާދުގެ ކުރިން މީހަކު ފުރުޤާން މިސްކިތަށް ވަދެ، މިސްކިތުގައި ހުރި ހަތިމުތައް އުކާލައިފައެވެ.
އަދި ކަރަންޓު ސޮކެޓުތަކާއި ބައެއް އިތުރު ސާމާނަށް ވަނީ ގެއްލުންދީފައެވެ.
މި މައްސަލައިގައި ކަންބޮޑުވުންފާޅު ކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފުރުޤާން މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމާފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތްތަކަށް ގެއްލުން ދިނުން ބަލައި ނުގަނެވޭނެކަމަށެވެ.
މި މައްސަލައިގައި ހިމެނޭ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ، މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.


ގައުމުގެ ހާލަތު ވަރަށް ސީރިޔަސް
މިނިސްޓަރު މަގާމާ ޙަވާލު ވުމައްފަހު މިސްކިއްތަކުގެ ފާޚާނާތައް ތަޅުލައިގެން ގެންގުޅުއްވާ ކަން ފާހަނގަ ކުރެވޭ.
ނަފްސާނީ މީހެކޭ ކިޔާފަ ދޫކޮއްލާނީ
ކަންބޮޑުވުންފާޅުކުރާނެކަމެއްނެތް އެއްމެކުޑަމިނުން މިސްކިތުބޭރާ އެތެރޭގައި ކެމެރާގަނޑެއްވެސް ހަރުކޮށްލަންނުކެރޭ