ސިނަމާލެ ޕާކިން ޒޯންގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯންގައި ޕާކު ކޮށްފައި އޮތް ކާރެއްގައި މި މަހުގެ 25 ވަނަ ދުވަހުގެ 18:25 އެހާކަން ހާއިރު އަލިފާން ރޯކޮށްލާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، މ. އަރާކުރި، ހާލިދު މަހުމޫދު (35އ) އާއި އދ. މާމިގިލީ، ބުލޫވިންޑް، ހަސަން ނަސީމް(31އ) ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.