ވަޒީފާދިން ފަރާތަށް ފިލައިގެން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އެ އިދާރާއިން ބުނީ ހުޅުމާލޭގައި ހިންގަމުންދާ ތިން ކެފޭއެއް މިއަދު ހަވީރުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިތަނުން ކެފޭއެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މީގެތެރެއިން އެކަކީ ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 5000 ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ.

 

 

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އެއް އަހަރުތެރޭ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.