މާލޭގެ އޮފީހަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ހ. ފިލިމާގެ ގްރައުންޑް ފްލޯގައި ހުންނަ އޮފީހަކުން ވައްކަންކުރި މައްސަލަ ފުލުހުންނަށް އިއްޔެ ރިޕޯޓްކުރުމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއީލް ސާއިފް، 39 އެވެ.
އޭނާ އެ އޮފީހުން ވަގަށް ނެގި ކަމަށް ބެލެވޭ ދެ ލެޕްޓޮޕާއި ދެ އައިފޯނާ އާއި އިއާޕޮޑަކާއި އަތުކުރި ގަޑިއެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ސާއިފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އަދި ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގައި ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކުރީ ވެސް ވައްކަމުގެ މައްސަލަތަކެވެ.

