ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ.
އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރްމަންޓް މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެނެވިފައިވާ ކަަމަށެވެ.
މިގޮތުން އާއްމު ޓްރެފިކަށް ބަންދު ކުރެވޭ ސަރަހައްދުގެ ގޮތުގައި އަމީނީ މަގު އަލިފާނުގެ ހާދިސާ ހިނގި މަގުގެ ސަަރަހައްދާއި، ހަނދުވަރީ ހިނގުމުގެ ސަރަހައްދެއް ވަނީ ބަންދު ކޮށްފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ސާފެއް ނޫނެވެ.

