ވެރިރަށް މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ގ. ފަރެސް ލައިޓް، އަލީ ރަޝީދު (35) އެވެ.

ފުލުހުން ބުނީ މާލޭގެ ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ކޮށްފައިވަނީ މިއަދު 5:02 ހާއިރު ކަމަށެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.