ރަންދިހަފަހެއް ސީރީޒްގެ 100 ރުފިޔާގެ އާ ނޫޓު އަންނަ އާދީއްތަ ދުވަހު ބޭނުންކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ ބުނީ އެ ފައިސާ ނޫޓަކީ، 15 ޑިސެމްބަރު 2024 ގައި، ސްޓޮކް މަދުވުމުގެ ސަބަބުން ގެނައި ނޫޓުތައް ކަމަށެވެ.

އެ ނޫޓުތަކުގެ މޫނުމަތީ އަގާއެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށާއި، އެ ނޫޓުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު، އަލީ ހާޝިމް ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.

އެ ނޫޓުތަކުގައިވާ ތާރީހަކީ 7 ޖުލައި ،2024 އަދި 1 މުހައްރަމް 1446 އެވެ.

އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި، މި ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 100 ރުފިޔާގެ ނޫޓުތައްވެސް ދައުރުވަމުންދާނެއެވެ.