ރަމަޟާން މަހަށް ގއ. ނިލަންދުއާއި ދާންދޫގެ މީހުން ދިރިއުޅޭ ގެތަކަށް ލިއޯ ޓްރޭޑިން ޗެއާމަން ހަދިޔާ ކުރާ 1070 އަށް ވުރެ ގިނަ ކާޑު ބަސްތާާއާ އެކު މާލެއިން ބަރުކޮށްގެން ދިޔަ ލިއޯ ވިންގް ދޯނި މިއަދު ފަރަށް އަރައިފިއެވެ.

”ލިއޯ ވިންގް“ ދޯނި އަރާފައިވަނީ އެކެފަރު ފަރަށެވެ.

މި ހާދިސާގައި ދޯނީގައި ހުރި ހުރިހާ ކާޑެއް މޫދަށް ގޮސްފައިވާ ކަމަށް ގއ. ނިލަންދޫ ކައުންސީލްގެ ރައީސް ނާސިހް އިބްރާހިމް ވަނީ މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

މި ހާދިސާގައި ދޯނި ވެސް ފަޅައިގެން ގޮސްފައިވެއެވެ.

ލިއޯ ޓްރޭޑިންގެ ޓީމަކާ އެކު އެ ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.