ފެނަކައިގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ) ކަމުގެ މަގާމަށް މުހައްމަދު އާރިފް އައްޔަން ކުރައްވައިފިއެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ މާގަަމަށް އާރިފް އަައްޔަން ކުރެއްވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ފެނަކައިގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި އާރިފް ހަމަޖެއްސެވިއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް ދާދި ފަހުން މުހައްމަދު ނަޖާހް ވަނީ އައްޔަނު ކުރައްވާފައެވެ.
އަދި އެ ކުންފުނީގެ ބޯޑުގެ ޗެއާމަނު ކަމުގެ މަގާމަށް ޝިމާދު އިބްރާހިމް ވަނީ އަައްޔަން ކުރަައްވާފައެވެ.

