ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގައި 2 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލޭގެ ގުލާބީ ގޯޅީގައި 2 މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ރޭ 2:12 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ ދެ މީހުން 33،500 ރުފިޔާ ފޭރުނުކަމަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެއީ 36 އަހަރުގެ ދިވެހި 2 ފިރިހެނުން ކަމަށެވެ.

އެ މީހުންނަކީ ކ. މާލެ، ހ. ރެދަން / ފަވާޒް ކަޅުތުއްތު އާއި ތ. ތިމަރަފުށި، ލަކީ ހައުސް / ސޮފްވާން އަލީއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.