އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުން ހިދުމަތް ލިބޭނެކަން އަންގައިފިއެވެ.
އަންނަ ބުރާސްފަތި ދުވަހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ދުވަހެވެ.
އެ ދުވަހު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ ހެނދުނު 9:00 ގައެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވީ މިދިޔަ 19 ވަނަ މަޖިލީހުގައެވެ.

