ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) ނިޔާވުމުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ނައިބު ރައީސް މިރޭ މީސްމީޑިއާގައި ވިދާޅުވީ، މެޒޯ މުހައްމަދު ކްރީމްގެ ކ.މާލެ ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއިއެކުގައި ކަމަށެވެ.
”އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ. މާތްﷲ މައްޔިތާގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި!“ އެމަނިކުފާނުގެ މެސެޖުގައި ވެއެވެ. 
މެޒޯ މުހައްމަދު ކުއްލިގޮތަކަށް މިއަދު ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
މެޒޯ މޯޑު ނިޔާވިއިރު، އޭނާގެ އުމުރަކީ 60އެވެ.
އޭނާ ނިޔާވުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ގިނަ އަމިއްލަ ރާގުތަކެއް އުފެއްދި މެޒޯ އަކީ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕައެވެ.