މާލޭ މަގުމަތިގައި ގިނަ ދުވަސްވެ، ބާ ވެފައި ހުރި އެއްގަމު އުޅަނދުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ރޯދައަށް މާލެ ސާފުކުރުމުގެ ތެރެއިން ބޭނުންނުކޮށް މަގުމަތީ ބަހައްޓާފަައި ހުންނަ ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލާ އަދި ވެސް ގުޅުން ހުރި އިދާރާތަކާ ގުޅިގެން، 100 އަށް ވުރެ ގިނަ އުޅަނދު ނަގާފައެވެ.