އަންހެން ކުއްޖަކަށް އެ ކުއްޖާގެ އާއިލާގެ ދެ މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އިތުބާރު ކުރެވޭފަދަ މަގާމެއްގައި ތިބި ދެ މީހަކު 2024 ވަނަ އަހަރާއި އޭގެ ދެ އަހަރު ކުރިން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖެކެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އަދި މިހާތަނަށް މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.