އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ބާއްވާ ދުވަސް އިއުލާނުކޮށްފިއެވެ.

މި ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭ އުސްފަސްގަޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުމެވެ.

240،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވިގެންދާނެއެވެ.

 

ފައިސާގެ އިނާމު ބެހިފައިވާގޮތް:

PUBG Mobile

• ޗެމްޕިއަން – 50،000 ރުފިޔާ

2 ވަނަ – 20،000 ރުފިޔާ

3 ވަނަ – 15،000 ރުފިޔާ

4 ވަނަ – 10،000 ރުފިޔާ

• އެމްވީޕީ – 5،000 ރުފިޔާ

 

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

• ޗެމްޕިއަން – 20،000 ރުފިޔާ

2 ވަނަ – 15،000 ރުފިޔާ

3 ވަނަ – 10،000 ރުފިޔާ

• އެމްވީޕީ – 5،000 ރުފިޔާ

 

އީ.އޭ.އެފް.ސީ.

• ޗެމްޕިއަން – 20،000 ރުފިޔާ

2 ވަނަ – 15،000 ރުފިޔާ

3 ވަނަ – 10،000 ރުފިޔާ

• އެމްވީޕީ – 5،000 ރުފިޔާ

 

ކޮސްޕްލޭ މުބާރާތް

1 ވަނަ – 5000 ރުފިޔާ

•2 ވަނަ – 3000 ރުފިޔާ

3 ވަނަ – 2000 ރުފިޔާ

 

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ

• 30،000 ރ.

 

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން  ބުނީ  އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކި އެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އިވެންޓެއް ކަމަށެވެ.

މުބާރާތްތަކުގެ އިތުރުން މި ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ އުރީދޫން ބުނެއެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށް އުރީދޫން ބުނެއެވެ.