މިދިޔަ މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރި މިންވަރު މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑެންގޫ މަދުކަމަށް ދެއްކި ނަމަވެސް އިންފްލޫއެންޒާއާއި ބޭރަށް ހިންގުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިދިޔަ ޑިސެންބަރު މަހާ އަޅައިބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ 73 އަށް ދަށަށް ގޮސްފައެވެ.

އަދި މިދިޔަ އަހަރުގެ ޑިސެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 30,590 ކޭހެވެ.

ނަމަވެސް މިދިޔަ މަހުގައި އެ އަދަދު ހުރީ 30,161 ގައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހު، އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ 135 އަށް އިތުރުވެފައެވެ.

މި އަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 135 ސާމްޕަލްގެ ތެރެއިން 15 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައެވެ.