ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ހއ. މާރަންދޫގައި ފަށައިފިއެވެ.
މާރަންދޫގައި މި ހިދުމަތް ފައްޓަވައިދެއްވީ، ޓޫރިޒަމް އެންޑް އެންވަޔަރޮމެންޓް މިނިސްޓަރު ތާރިގް އިބްރާހީމްއެވެ.
އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރުމަށް ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގައެވެ.
އަދި މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވެސް އެ ބީއެމްއެލުން އަންނަނީ މަސައްކަތްކުރަމުންނެވެ.

