ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑު ފެންވަރު ފަހަކުން ފެށިގެން ފެންވަރު 10 އަށް ކިޔަވަން ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
މި ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އެ ކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަނީ މި ލޯނުތައް ވެސް އިސްލާމިކްކޮށް، ލޯނާ އެކު މިހާރު ނަގައި އެއް އިންސައްތަ އިދާރީ ފީ ވެސް އުނިކޮށްފައެވެ.

