ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށް، ފަލަސްތީނުގެ ކުޑަކުދިންނަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަގީރުންގެ ދަފުތަރުފައިވާ ކޮންމެ ފަރުދަކަށް 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
އަދި 500،000 ރުފިޔާ ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ މީހަކަށް ގޮވާމުން 15 ކިލޯ ބަހާނެ ކަމަށެވެ.
ސަރުކާރުން ވަނީ މިއަހަރު ފުރަތަމަ ފަހަރަށް ފަގީރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ އެންމެނަށް، އެއްހަމަޔަކުން ފިތުރު ޒަކާތް ބަހަން ނިންމަވާފައެވެ.
ރާއްޖޭގައި މީގެ ކުރިން ފިތުރު ޒަކާތް ބަހަނީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށެއްގެ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ބަހާގޮތަށެވެ.

