މިއަދު ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ވަގުތުތައް ކަނޑައެޅި ކަނޑައެޅުން ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލުކޮށްފިއެވެ.
އެ މިނިސްޓްރީން ރޭގެ ވަގުތެއްގައި ކުރި އިއުލާނެއްގައި ބުނީ، އީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް އިންޖީނުލީ އުޅަނދުތައް މާލޭ ސަރަހައްދުގައި ދުއްވުން މަނާވާނެ ކަމަށެވެ.
އަދި ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު މާލޭ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށް ބުންޏެވެ.
ނަމަވެސް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާއި ގުޅޭ ގޮތުން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނު ބާތިލު ކޮށްފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ހުޅުމާލޭގައި ވެހިކަލް ދުއްވޭނެ ކަމަށް އަންގާފައެވެ.

