ލިވަޕޫލުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، ޔޫކޭގެ އެެންމެ ކާމިޔާބު އެއް ފްޓްބޯޅަ ކުލަބް، ލިވަޕޫލާއެކު އެމްއެމްޕީއާރުސީ އިން ހަދާފައިވާ ޕާޓްނާރޝިޕްގެ ދަށުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ.
އެ ހަރަކާތްތަކުގެ ފެށުން ފާހަގަކުރުމަށް ރައީސ މުއިއްޒު މިއަދު ވަނީ ޔޫކޭއަށް ވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ 1970 ގެ އަހަރުތަކުން ފެށިގެން އެމަނިކުފާނަކީ ލިވަޕޫލަށް ވަރަށް ބޮޑަށް ތާއީދުކުރާ ބޭފުޅެއް ކަމަށެވެ.
އެ ޓީމާއި ރާއްޖެއާއި ދެމެދު ހަދާފައިވާ ޕާޓްނާޝިޕް އަށްޓަކައި ލިވްޕޫލުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ރައީސް މުއިއްޒު އަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

