މެދުރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.

މެޓުން ލަފާކުރާ ގޮތުގައި، މި އެލާޓުގެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.

މީގެ އިތުރުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:45 ން މެންދުރުފަހު 14:00 އަށެވެ.