ބޭރަށް ހިންގުމާއި ހޮޑުލުމާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން،ބމިދިޔަ މަހުގެ 15 އިން މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް، ބޭރަށް ހިންގުމާއި ހޮޑު ރޯގާ ވަނީ އިތުރުވެފައެވެ.
މި ބަލީގެ ކޭސްތައް ގިނައިން ރިޕޯޓުކޮށްފައި ވަނީ ވެރިރަށް މާލެ ސަރަހައްދުންނެވެ.
އެޗްޕއޭއިން ބުނީ މި އަހަރުގެ މެއި މަހުން ފެށިގެން އިންފްލުއެންޒާ ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެ ބަލި ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.
މިދިޔަ މަހުގެ 15އިން 21 އަށް އިންފްލުއެންޒާގެ 45 ކޭސް ރިޕޯޓުކުރިއިރު އޭގެ ފަހުން އައި ހަފުތާގައި އެ އަދަދު ވަނީ 86 އަށް އިތުރުވެފައެވެ.
އަދި، މިދިޔަ ހަފުތާގައި އެކަނި ވެސް އިންފްލުއެންޒާ ޖެހިގެން 108 މީހުން ފަރުވާ ހޯދައިފައިވެއެވެ.

