ދަރިންނަށް ހަރަދު ނުދޭ ބައްޕައިންގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކުރަން ފަށައިފިއެވެ.
ފެމިލީ ކޯޓުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދަފްތަރު ނަމްބަރު 2758، އަހްމަދު އަލީގެ މައުލޫމާތާއި ފޮޓޯ އާންމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ކޯޓުން ބުނީ ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ މިއަދު އާންމުކުރި ނަމަވެސް އެންމެންގެ ފޮޓޯ އެގޮތަށް އާންމުކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.
ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ ޅ. ހިންނަވަރު ކޯޓުންނާއި ހދ. ކުޅުދުއްފުށީ ކޯޓުންވެސް މީގެ ކުރިން އާންމުކޮށްފައިވެއެވެ.

