ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވި ގޮތުގައި އިންޑިއާގެ ހިލޭ އެހީގައި އާރްޓީއެލްގެ 12 ފެރީ ބަނުމަށް ވަނީ ނިންމާފައެވެ.
އޭނާ ވިދާޅުވީ، ޒޯން 2 ގެ ފެރީ ޓާމިނަލްގެ މަސައްކަތްވެސް މި އެހީގައި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޔާސިރު ވިދާޅުވީ މިހާރުވެސް ހަތަރު ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ފެރީތަކަކީ ބެކަޕް ފެރީތަކެއް ކަމަށެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު 11 އަތޮޅުގައި ވަނީ ފަށާފައެވެ.
އާރްޓީއެލް ފެރީ ހިދުމަތް މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

