ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ދިނުމަށް ދެ ލޯންޗު ފެރީ ބޭނުންކުރާނެއެވެ.

މި ހިދުމަތުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެެއެވެ.

ބ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ޖުލައި 28 ވަނަ ދުވަހު ފެށިފައިވީ ނަމަވެސް، ރަސްމީކޮށް މި ހިދުމަތް ފަށާފައިވަނީ މިއަދުއެވެ.

ފެރީ ހިދުމަތުގެ އަގުތައް ދިވެހި ސަރުކާރުގެ ގެޒެޓުގެ އިތުރުން އާރުޓީއެލް މޯބައިލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލުން ފެންނަން ހުންނާނެއެވެ.