އއ. މަތިވެރީގެ އެއާޕޯޓު ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ރަށުގެ ބިން ހިއްކައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރީ އިއްޔެއެވެ.

މި މަޝްރޫއުގައި އެއާޕޯޓަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ.

މަތިވެރީގައި ތަރައްގީކުރަނީ 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ.

މި މަޝްރޫއުގެ މަސައްކަތުގައި ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އިތުރުން އެއާޕޯޓުގެ ހިދުމަތްދޭ މަގުތައް ތަރައްގީ ކުރުންވެސް ހިމެނެއެވެ.