ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނަސް، އެސްޓީއޯ އިން މި މޭވާ ވަރަށް ހެޔޮ އަގުގައި ލިބެން އެބަހުއްޓެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ އޮރެންޖު، އެސްޓީއޯއިން ވިއްކަމުންދަނީ ކިލޯއެއް 40 ރުފިޔާގެ ރޭޓުންނެވެ.

އެހެންވެ، އެސްޓީއޯއިން ގަންނަނަމަ އޮރެންޖެއްގެ އަގު ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއަށެވެ.

އޮރެންޖަކީ ރޯދަ މަހު ޖޫސް ގިރުމަށާއި، ތަފާތު ފޮނިކާއެއްޗެހި ތައްޔާރު ކުރުމަށް ރޯދަ މަހު އާއްމުކޮށް ބޭނުންކޮށް އުޅޭ މޭވާއެކެވެ.