ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ދުން ފުހުގެ އަސަރު މުޅި ރާއްޖެއަށް ދަނީ ކުރަމުން ކަމަށާއި އެގޮތުން ކުރިޔަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ހުންނާނެކަަމަށް ބެލެވޭ ކަމަށެވެ.
ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ކުރިޔަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު ބޮޑުވާނެކަަމަށް ލަފާކުރެވޭކަމަށް ވެސް މެޓުން ބުންޏެވެ.
އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.





