ރަައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފެނުނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ އެކްޓިވިސްޓަކު، އެމްޑީޕީން ހިމާޔަތް ކުރި މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރްމާ ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރިއިރު، ރާއްޖޭގެ ސަރުކާރުން މިކަން ކުށްވެރި ކުރުމަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލީ، އެމްޑީޕީގެ މެމްބަރުންގެ ވޯޓުންނެވެ.
އެގޮތުން އެ މައްސަލަ ބަލައިނުގަތުމަށް 33 މެމްބަރަކު ވޯޓު ދެއްވިއެވެ.
މިކަމަށް އިޝާރާތް ކުރައްވައި ޖަމީލު މިއަދު ވިދާޅުވީ އިއްޔެ މަޖިލީހުން ފެނުނީ ރަސޫލާ(ސ.އ.ވ) އަށް ފުރައްސާރަކުރި ބީޖޭޕީގެ އެކްޓިވިސްޓް އެމްޑީޕީން ހިމާޔަތްކުރިތަން ކަމަށެވެ.
”ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވަން ދެކޮޅުހެދުމަކީ އަޖާއިބެއް.“ ޖަމީލު ވިދާޅުވިއެވެ.
މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި ކުރުން، ސަރުކާރުން ކުށްވެރި ކުރުމަށް ގޮވާލައި، އިދިކޮޅު މެމްބަރަކު އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ”ޑްރާމާ ކުޅެން“ ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ. ޖަމީލު ވަނީ، މި މައްސަލައަށް ބަހުސް ކުރުން ފަހުރަކަށް ނުވެ، ޑްރާމާ އަކަށްވީ، ވަކި ބަޔަކު ރުއްސަންތޯ ސުވާލު ކުރައްވައިފައެވެ.
އިއްޔެ މަޖިލީހުން ފެނުނީ ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ އެކްޓިވިސްޓް އެމްޑީޕީން ހިމާޔަތްކުރިތަން. ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވަން ދެކޮޅުހެދުމަކީ އަޖާއިބެއް! އެބަހުސް ކުރުން ފަޚްރަކަށް ނުވެ، ޑްރާމާއަކަށްވީ ވަކި ބަޔަކު ރުއްސަންތޯ؟ https://t.co/pEPsB0WOdw
— Mohamed Jameel Ahmed (@MJameelAhmed) June 7, 2022
ރަސޫލާއަށް ފުރައްސާރަ ކުރުން، ސަރުކާރުން ކުށްވެރި ކޮށްފައިނުވާތީ، މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ފޮރިން މިނިސްޓްރީން ވަނީ ނުޕޫރާ ދެކޮޅަށް އިއްޔެ ބަޔާން ނެރެފައެވެ.
Ti majlis avas veegotakah uvaalan veje ekamah gaabil ehen bayaku visnu terikamaa eku ayyanu kuran vejje.ti majleehuga ginaee tasahraf nufudey meehun.tifada majlis takuga tibenjeheynee gaabil hilmee meehun.mikan daadi avaha vegen daani goh minvaru kohdeh vavaane