މި އަހަރުގެ ފުރަތަމަ ހަމަސް ތެރޭގައި 627 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހައިތަނަށް އެންމެ ވަރި ގިނަ މަހަކީ މޭ މަހެވެ. މޭ މަހުގައި 132 ވަރިކޮށްފައިވާއިރު، 185 ކައިވެނި އެ މަހުގައި ކޮށްފައިވެއެވެ.
މި އަހަރު މިހާތަނަށް އެންމެ ގިނައިން ކައިވެނި ކޮށްފައިވަނީ ޖޫން މަހުއެވެ. އެއީ 254 ކައިވެންޏެވެ. އެ މަހުގައި 79 ވަރިކޮށްފައިވެއެވެ.
އޭޕްރީލް މަހަކީ މި އަހަރުގެ މިހާތަނަށް ކައިވެންޏާއި ވަރި އެންމެ މަދު މަހެވެ. އެ މަހުގައި ކޮށްފައިވަނީ 76 ވަރިއާއި 114 ކައިވެންޏެވެ. ވަރީގެ މައްސަލަތަކުގެ ތެރެއިން އޭޕްރީލް މަހުގައި އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެއީ 38 މައްސަލައެވެ.
މި އަހަރު ޖެނުއަރީގައި 195 ކައިވެނި ކޮށްފައިވާއިރު އެ މަހުގެ ތެރޭގައި 127 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
