އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް އަންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރަނިންގމޭޓަކަށް ޑރ.ޖަމީލު ހަމަޖައްސަވައިފައެވެ.

ޖަމީލު ކުރެއްވި ޓުވީޓެއްގައި ވަނީ ރަނިންމޭޓަކަށް އޭނާ އިޚްތިޔާރު ކުރެއްވީތީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިިފައެވެ.

އަދި ޕާޓީގެ ލީޑާޝިޕާއި ސެނެޓަރުންނާއި އާންމު މެންބަރުން ކުރައްވާ އިތުބާރަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވަނީ އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފެށުމަށް ވެސް ގޮވާލައްވައިފައެވެ. އަދި އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ޖަމީލު ވަނީ ދެއްވައިފައެވެ.