ޕީޕީއެމްގެ ރައީީސް، އަދި ރިޔާސީ ކެންޑިޑޭޓް ރައީީސް ޔާމީީން އަބްދުލްގައްޔޫމްގެ މަންމާފުޅު، ފާތިމަތު ހަސަން އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކަމަނާ އަވަހާރަ ވެފައިވަނީ، ސްރީ ލަންކާގައި، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅުވެސް މެއެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 86 އަހަރެވެ.
ފާތިމަތު ހަސަންގެ ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަ ވުމުން، ގިނަ ބަޔަކު ދަނީ އެކަމަނާގެ އާއިލާގެ މެމްބަރުންނަށް ތައުޒިޔާ ފޮނުވަމުންނެވެ.
