އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފިއެވެ.

Ads by Asuru

ކުރީގެ ހޯމް މިނިސްޓަރު އުމަރު ފޯމް ހުށަހެޅުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ބައިވެރިވިއެވެ.

އުމަރުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ހަވާލުވީ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އޭނާއާއެކު އޭރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހަހްމަދު ސަލީމް (މާޒް ސަލީމް)އެވެ.