ބޮލުން އިސްތަށި ފައިބާތީ ކަންބޮޑުވޭހެއްޔެވެ؟ މި މައްސަލަ ދިމާވަނީ ތިބާ އެކަންޏަކަށް ނޫނެވެ. މިއީ ވަރަށް ގިނަ އަންހެނުންނާއި ފިރިހެނުންނަށްވެސް ކުރިމަތިވާ ކަމެކެވެ.

Ads by Asuru

އެމެރިކާއަށް ބަލާއިރު، ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ 80 މިލިއަން މީހުންނަށް ކުރިމަތިވެެެއެވެ. އެހެންނަމަވެސް އާދަޔާ ހިލާފަށް ގިނައިން އިސްތަށި ފައިބާނަމަ، ދެން ޖެހޭނީ ފަރުވާއެއް ކުރާށެވެ.

ބޮލުން އިސްތަށި ފައިބަނީ މާގިނައިންކަން ދެނެގަންނާނީ ކިހިނެއް؟

ކޮންމެ ދުވަހަކު މީހެއްގެ ބޮލުން އެވްރެޖް ގޮތެއްގައި 100 އިސްތަށި ފައިބައެވެ. މިކަން ފާހަގަ ނުވަނީ އިސްތަށި ފައިބާވަރަށް އެހާމެ އަވަހަށް ފަޅާތީއެވެ. ނަމަވެސް އަލުން އިސްތަށި ނުފަޅާނަމަ، ގިނައިން އިސްތަށި ފައިބާކަން ފާހަގަވާން ފަށައެވެ.

މިލިޔުމުގައި ބޮލުން އިސްތަށި ފޭބުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ ބައެއްކަންކަން ހިމަނާލާނަމެވެ. މިއީ ޑާމޮޓޮލޮޖިސްޓުން ދޭ ބައެއް ހައްލެވެ.

ކެއުމުގައި ގިނައިން ޕްރޮޓީން ހިމެނުން:

ޕްރޮޓީން ހިމެނޭ ކެއުން އަދި ބުއިންތައް ޑައިޓްގައި ހިމަނާށެވެ. ބިހުގެ ހުދު ބައި، ގްރީކް ޔޯގަޓް އަދި ބީންސް ފަދަ ތަކެތިން ޕްރޮޓީން ލިބެއެވެ. ޕްރޮޓީން އަކީ ހެއާ ގްރޯތަށް މުހިންމު އެއްޗެކެވެ.

އިސްތަށިގަނޑު ރަނގަޅަށް ބެލެހެއްޓުން:

މިއީ މުހިންމު ކަމެކެވެ. އިސްތަށިގަނޑު ސްޓައިލް ކުރުމަށްޓަކައި ބާރުގަދަ ހެއާ ޓްރީޓްމަންޓްސް ބޭނުން ނުކުރާށެވެ. އަދި ބޯ ދޮވެ، ސާފުކޮށް ބަހައްޓަންވެސް ސަމާލުކަން ދޭށެވެ.

ވިޓަމިން ނެގުން:

މާބޮޑަށް އިސްތަށި ފައިބާނަމަ، ތިބާގެ ހަށިގަނޑުން ވިޓަމިން މަދުވަނީތޯ ޑޮކްޓަރު ބަލާނެއެވެ. އިސްތަށިގަނޑުގެ ދުޅަހެޔޮ ކަމަށް އަސަރު ކުރާ ވިޓަމިން ތަކަކީ، އޭ، ބީ، ސީ، ޑީ، އީ އަދި އަޔަންއާ ކެލްސިއަމްއެވެ. މި މާއްދާތައް ކެއުމުގައި ހިމެނުން މުހިންމެވެ.