އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުން، މާސްކް އަޅައިގެން ދިޔުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.
އެ ހޮސްޕިޓަލުން މާސްކް އަޅައިގެން ދިޔުމަށް އާންމުންނަށް އިލްތިމާސް ކޮށްފައި ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އަނެއްްކާވެސް އިތުރުވަމުން އަންނަ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރުމާ ގުޅިގެންނެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް ޖެހޭ މީހުން އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށާއި، ޑޮކްޓަރަށް ދައްކަން ދާ ބަލިމީހުންނާއި، ބަލިމީހުންގެ އެހީތެރިންނާއި، އެ މީހުންނަށް ޒިޔާރަތް ކުރަން ދާ މީހުން މާސްކް އަޅައިގެން ދިޔުމަށް އަންގާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
