ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރައްވާނެ ގޮތެއް މިރޭ އިއުލާނު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު  ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން އޭނާއާ ”ނިއު ޑިރެކްޝަން“ ޓީމުން ނިންމާ ނިންމުން މިރޭ އިއުލާނު ކުރާނެއެވެ.

މި ނިންމުން އިއުލާނު ކުރާނީ މިރޭ 9:30 ގައެވެ. އުމަރުގެ ކެމްޕޭން ސްޓޫޑިއޯ ގައި ބާއްވާ ލައިވް އިވެންޓް، ފޭސްބުކާއި ޓިކްޓޮކުން ވަގުތުން ދައްކާނެއެވެ.