އެމެރިކާގެ އިލިނޮއިސް ސްޓޭޓެއްގެ ސިޓީއެއް ކަމަށްވާ އަލްޓަންގައި އުމުރުން 22 އަހަރުގެ މާބަނޑު އަންހެނަކު ވަރަށް އަނިޔާވެރި ގޮަތަކަށް މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

އެ އަންހެންމީހާ މަރާލާފައި، ކުނި ގޮނޑަކަށް އެެއްލާލާފައި އޮތްއިރު، އޭނާގެ ބޯވެސް އޮތީ ވަކި ކޮށްލާފައި ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަންހެން މީހާގެ ކުރީގެ ލޯބިވެރިޔާގެ މައްޗަށެވެ. އެ ފިރިހެންމީހާގެ އުމުރަކީވެސް 22އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެދެމީހުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ރައްޓެހި ވެގެން އުޅުނުއިރު، ދެމީހުން އެކި ފަހަރުމަތިން ވަނީ ރުޅިވެފައެވެ.

އަންހެން މީހާގެ ބަނޑުގައި އޮތީ އެ ފިިރިހެންމީހާގެ ދަރިއެއް ކަމެއް، ނުވަތަ ނޫން ކަމެއްވެސް ސާފެއް ނޫނެވެ.

މިމަހުގެ 9 ވަނަ ދުވަހު އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ މަންމަ، އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ހޯދަން ދިޔުމުންނެވެ.

އަލްޓަންގެ ފުލުހުން ވަނީ މިއީ ވަރަށް އަނިޔާވެރި މަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.