ރާއްޖޭގެ ގައުމީ އެއަލައިން މޯލްޑިވިއަންގެ މިސްރާބު ހުރީ ބަނގުރޫޓްވުމާއި ދިމާލަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ،  ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑަށް މިދިޔަ އަހަރުވި ގެއްލުން 159 މިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދެއްކުމާއި ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯލްޑިވިއަންއަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި 99 މިލިއަން ރުފިޔާ ގެއްލުން ވެފައިވެއެވެ.

މިކަމާ ގުޅިގެން އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ ފަތުރުވެރި ކަމުގެ ފައިދާ މޯލްޑިވިއަނަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަ ތަކެއް ހުރުމުން ކަމަށެވެ. އަދި ގައުމީ އެއާލައިން ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.